މޯލްޑިވްސް ޕޮލިސް ސާވިސް

ރޭގެ މާރާމާރީގައި ދެ މީހަކު ޒަހަމް

Aug 16, 2022

މާލޭގައި ރޭ މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ ރޭ ހިންގި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

އަނިޔާ ލިބުމުން ދެ މީހުން ވެސް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މާރާމާރީ ހިންގާފައި ވަނީ މާލޭގެ ހިތައްފިނިވާ މަގުގައި ރޭ 9:00 ހާއިރު އެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާލޭގައި ރޭ މާރާމާރީއެއް ނިންގާފައި ވަނީ އެފަދަ ލޭއޮހޮރުވުންތައް މަޑުޖެހިފައި ވަނިކޮށެވެ. މީގެ ކުރިން ގޭންގުތަކުގެ މެދުގައި ސިލްސިލާކޮށް މާރާމާރީތައް ހިންގައި، މީހުންގެ ފުރާނާ ވެސް ގޮސްފައި އެބަހުއްޓެވެ.