ގްރީން ޓެކްސް

ގްރީން ޓެކްސް އިސްލާހު މަޖިލީހަށް ނުފޮނުވާ

Aug 17, 2022
2

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން ނެގުން ހުއްޓާލާފައިވާ ގްރީން ޓެކްސް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ކުރަން އަދި ވެސް ރައްޔިތުން މަޖިލީހަށް ނޮވުވާކަން އެނގިއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި 19 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމާފައިވާއިރު މިހާތަނަށް މި މައްސަލަ މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ. މިކަން ލަސްވެއްޖެނަމަ ދައުލަތުގެ އާމްދަނީ އަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ގްރީން ޓެކްސް ނެގުން ހުއްޓުނީ މިދިޔަ ޖޫން 30 ގައި ފާސް ކުރި ޓޫރިޒަމާ ބެހޭ ގާނޫނަށް 11 ވަނަ އިސްލާހާއެކުގަ އެވެ. މި އިސްލާހުގައިވާ ގޮތުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

ގްރީން ޓެކްސްއަކީ ދައުލަތަށް އަހަރަކު 600 މިލއަނެއްހާ ރުފިޔާގެ އާމްދަނީ ލިބޭ ޓެކުހެކެވެ. އަދި މި ޓެކްސް މިހާރު ހުއްޓިފައި އޮންނަ ދުވަސްތަކުގައި މަހެއްގެ މައްޗަށް 40 މިލިއަން ޑޮލަރު ދައުލަތުގެ އާމްދަނީއިން އުނިވެގެންދާނެ އެވެ. ފިނޭންސުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސް ޖަމާކުރާ ފަންޑުގެ ޖުމްލަ އަދަދު ވަނީ 846 މިލިއަން ރުފިޔާއަށް އަރާފަ އެވެ.