އަހުމަދު މަހްލޫފު

ރައީސަށް ތާއީދު، ރަނގަޅީ ރިޔާސީ ނިޒާމެއް: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ނިޒާމާ މެދު ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދު ކުރައްވާ ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.

ނަމަވެސް ރައީސް ސޯލިހް އިއްޔެ ވަނީ ނަޝީދުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވަރަށް ސާފު ބަހުން ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށެވެ. ރައީސް ސޯލިހްްގެ ވިސްނުންފުޅު ހާމަކުރެއްވުމުގެ މިނިސްޓަރުންނާއި މަޖިލީސް މެންބަރުން ވެސް ގެންދަވަނީ އެ ބޭފުޅުންގެ ވިސްނުން ހާމަކުރައްވަމުންނެވެ.

މަހުލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ނިޒާމާ މެދު ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދު ކުރައްވާ ކަަމަށެވެ. އަދި މިވަގުތާއި ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމެއް ގައި ކުރިއަށް ދިއުން ކަމުގައި ވިދާޅުވިއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910