ހިިސާން ހުސައިން

ހަމަޖެހުމާއި ތަރައްގީ ގެނެވޭނީ ރިޔާސީ ނިޒާމުން: ހިސާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޖޭއެސްސީގެ ރައީސް ހިސާން ހުސައިނާ އެކު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމަކުން ކަމަށް ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.

ނަމަވެސް ރައީސް ސޯލިހް އިއްޔެ ވަނީ ނަޝީދުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވަރަށް ސާފު ބަހުން ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށެވެ. ރައީސް ސޯލިހްްގެ ވިސްނުންފުޅު ހާމަކުރެއްވުމުގެ މިނިސްޓަރުންނާއި މަޖިލީސް މެންބަރުން ވެސް ގެންދަވަނީ އެ ބޭފުޅުންގެ ވިސްނުން ހާމަކުރައްވަމުންނެވެ.

ހިސާން ވިދާޅުވީ ރާއްޖެ ކަހަލަ ތަރައްގީ ވަމުން އަންނަ ގައުމަކަށް ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމަކުން ކަމަށެވެ. ހިސާންްގެ އިތުރުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ނުފޫޒު ގަދަ މަޖިލީސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުން ގެންދަވަނީ ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910