ހުޅުމާލެ

ހުޅުމާލެ ބީޗުން ނުރައްކާތެރި ޖެލީފިޝްތަކެއް

ހުޅުމާލެ ބީޗް ސަރަހައްދުން ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ފެންނާތީ ސަމާލުވާން އެދިއްޖެ އެވެ.

އެޗްޑީސީ އިން މިރޭ ބުނީ ހުޅުމާލެ ބީޗް ސަރަހައްދުން ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށެވެ. އެހެން ކަމުން މޫދަށް އެރޭ މީހުންނާއި އެ ސަރަހައްދަށް ދާ މީހުން ސަމާލުވުމަށް ވަނީ އެދިފައެވެ.

އެކި މޫސުންތަކުގައި ރާއްޖެއިން ޖެލީފިޝްގެ ތަފާތު ބާވަތްތައް ފެނެއެވެ. ބައެއް ބާވަތްތަކަކީ އިންސާނުންގެ ހަމުގައި ޖެހިއްޖެ ނަމަ ވަރަށް ބޮޑަށް ދިލަ ނަގާ ބާވަތްތަކުގެ ޖެލީފިޝް އެވެ.