ޖީސީއީ އޯ ލެވެލް

އޯލެވެލް ނަތީޖާ ދޫކުރަން ފަށައިފި

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) އިން ބުނި ގޮތުގައި މިއަދު 12:00 އިން ފެށިގެން އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ވަނީ ފަށާފަ އެވެ.

ނަތީޖާ ދޫކުރާނީ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުންނެވެ.

މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި 236 ސެންޓަރަކުން 5936 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އެސްއެސްސީ އިމްތިހާނުގައި 233 ސެންޓަރަކުން 5640 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

އިމްތިހާނުގެ ނަތީޖާގައި މައްސަލައެއް ފާހަގަވާނަމަ އެ މައްސަލައެއް ހުށަހެޅުމަށްވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މިމަހުގެ 21 އިން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މައްސަލަތައް ބަލައިގަތުމަށް ޑީޕީއޭ އިން ނިންމާފައިވެ އެވެ.