ޑރ. އައިޝަތު އަލީ

މި އަހަރު އޭލެވެލް އިމްތިހާން ބާއްވާނެ

Mar 3, 2021
1

މި އަހަރު އޭލެވެލް އިމްތިހާން ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ޕްރެސްއެއް ދެއްވައި ވިދާޅުވީ ކުރީން ވެސް އޮތް ގޮތަށް މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު މެއި ޖޫންގައި ބާއްވާނެ ކަމަށެވެ.

އެޑިއުކޭޝަން ޕްރެސްއެއްގައި އާއިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ހުޅުވައި ކިޔަވައިދޭ ގައުމުތަކުގައި އިމްތިހާނު ބާއްވައިދޭނެކަން ކޭމްބްރިޖް އިން އަންގާފައިވާ ކަމަށާއި އެހެން ކަމުން އިމްތިހާނު އޮތުމާމެދު އެއްވެސް ސުވާލެ ނެތް ކަމަށެވެ.

"މެއި ޖޫންގައި އޯލެވެލް އެގްޒާމް އޮންނާނެ." އެކަމަނާ ވިދާޅުވި އެވެ.

މީގެ ކުރިން އިމްތިހާނަށް އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ފޯމް ހުށަހަޅަން ޖެހޭ ވަގުތު ހަމަވެއްޖެނަމަ ދެވަނަ ފުރުސަތު ލިބެއެވެ. ނަަމަވެސް މިފަހަރު އެފަދަ ފުރުސަތަަކަށް ދެވޭ ވަރަަށް ވުރެ ވަގުތު ކުޑަތަންވެފައިވާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ. އެހެންކަމުން މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށް ވަނީ އެދިފަ އެވެ.

އޭ ލެވެލް އިމްތިހާންގެ އިތުރުން އެޗްއެސްސީ އިމްތިހާން ވެސް މޭ، ޖޫންގައި ބާއްވަން ވަނީ ނިންމާފަ އެވެ.