މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ހާއްސަ ފޯސްއާ ގުޅެން ހުޅުވާލައިފި

Aug 18, 2022

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ޝަރުތު ހަމަވީ މީހުންގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދޭނީ ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވުމާ އެކު މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް އަދި ކުރެވޭ އިންޓަވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ މީހުންނަށް ކަމަށެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތައް

  • ގްރޭޑް 10 ނިންމާފައިވުން
  • 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން
  • ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި ނެތުން
  • ފިރިހެނެއް ނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި، އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުން
  • މިދިޔަ ފަސް އަހަރުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން
  • ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވުން
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ.

ފޯމުތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން 4:00 އަށެވެ.