އެމްޑީޕީ

ތައްޔާރީތައް ނިމިފައިވަނިކޮށް އެމްޑީޕީ ކޮންގްރެސް ފަސްކުރަން އެދިއްޖެ

0%
0%
0%

މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އެމްޑީޕީ ކޮންގްރެސް ފަސްކޮށްދޭން އެދިއްޖެ އެވެ.

އެގޮތަށް އެދިފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އާޒިމް ވަނީ އެކަމަށް އެދޭ ސަބަބުތައް ބަޔާންކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ދެންމެ ސިޓީއެއް ފޮނުވާފައެވެ.

އާޒިމް ވަނީ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ ގިނަ މަންދޫބުންނާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން އެއީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިހާބު ކޮށްފައިވާ ބައެއް ނޫން ކަމަށާ އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލު ކުރާ މީހުންގެ މައުލޫމާތު މިވަގުތާއި ހަމައަށްވެސް ހިއްސާކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެފަދަ ބަޔަކު ކޮންގްރެސްގައި ބައިވެރިވެއްޖެ ނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެން ކަމުން އާޒިމްގެ ސިޓީގައި ވަނީ ކޮންގްރެސްއަށް ނޮމިނޭޓް ކޮށްފައިވާ ގޮފިތަައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއިމެދު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުުންދާތީ ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުންނާއި ނުވަތަ ނާއިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަަށަވަރު ކުރުމަށް ފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް ވަނީ އެދިފައެވެ.

ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ މަންދޫބުންނާމެދު ރައީސް ނަޝީދުވެސް ވަނީ ކުރީން ރޭ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވަނީ ގޮފިތައް ރަޖިސްޓްރީ ކޮށްފައިވާ ގޮތާއިމެދު ސުވާލު އުފައްދަވާ އެކަމުގައި ގޯސްކޮށް އަމަލު ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910