އެމްއެންޑީއެފް

ސަރަޙައްދުގެ ރައްކާތެރިކަމަށް މަޝްވަރާކުރަން ޗީފް ޝިޔާމް ބަންގާޅަށް

Jan 10, 2016

އިންޑިއަން އޯޝަން ނޭވަލް ސިމްޕޯސިއަމް (އައިއޯއެންއެސް) ގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް މިއަދު ބަނގުލަދޭޝްއަށް ފުރާވަޑައިގަންނަވައިފިއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 13 އަށް ބަނގުލަދޭޝްގައި ބާއްޗާ އެ މަހާސިންތާއަކީ އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުގެ، ކަނޑުގެ ސިފައިން ސާމިލުވާގޮތަށް 2008 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަހާސިންތާއެކެވެ.

މި އަހަރުގެ މަހާސިންތާގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިންމު ކަންކަމާމެދު މަޝްވަރާކުރާނެ އެވެ. އަދި މި ސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރަން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރާނެ އެވެ.

މި މަހާސިންތާގައި 22 ޤައުމެއް ބައިވެރިވެ އެވެ.