ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހާލަތު ބަދަލު ކުރެވޭނީ ޔާމީނަށް: ޖަމީލް

0%
0%
0%

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ދެއްކެވި ވާހަކަފުޅުން އުންމީދު އައު ވެފައިވާ ކަމަށާ ގައުމްގެ ހާލަތު ބަދަލު ކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނު ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމާ ރޭ ވަނީ ހަވާލު ކުރައްވާފައެވެ. އެއީ ވަރަށް ބޮޑު އަމާނާތެއް އަދި މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ދިގު ތަގުރީރެއް ކުރައްވާފައެވެ.

އެ ތަގުރީރުގައި ރާއްޖެއަށް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ މުހިންމު ބަދަލުތަކާއި އެމަނިކުފާނު އިސްކަން ދެއްވާނެ ދާއިރާތައް ވިދާޅުވެ ދެއްވިއެވެ. ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގައުމުގެ ހާލަތު އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތަގުރީރަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅުން އުންމީދު އައު ވެފައިވާ ކަމަށާ ގައުމްގެ ހާލަތު ބަދަލު ކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނު ކަމަށެވެ. އެމްޑީޕީއަށް ހުރިހާ ބާރެއް ލިބި ފެއިލް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޒުވާން ޖީލަށާއި މުޅި ގައުމަށް އުޖާލާ ރާސްތާ އަކީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރީ މުޅި ރާއްޖެ ތަމްސީލްވާ ގޮތަށް ކޮންމެ ރަށަކުން ބޭފުޅެއްގެ ބައިވެރިވުމާއި އެކު ޕާޓީގެ ލީޑަޝިޕް ހިމެނޭ ގޮތަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910