ރައީސް އަބްދުﷲ ޔާމީން

ދައުލަތުން އެދިގެން ޔާމީންގެ ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި އެވެ.

ހައިކޯޓުގައި މިއަދު މެންދުރުފަހު 2:00ގައި ފެށުމަށް ހަމަޖެހިފައި އޮތް އިސްތިއުނާފް އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.

އަޑުއެހުން ކެންސަލް ކުރުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އިސް ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.


ޑރ. ޖަމީލް ވިދާޅުވީ އިސްތިއުނާފް އަޑުއެހުން "ސުންގަޑިއަށް ވެފައިވަނިކޮށް" ޕީޖީ އޮފީހުގެ ވަކީލުން ބިޒީވެގެން ޝަރީއަތް ކެންސަލް ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށެވެ.

"އަދި މިއިސްތިއުނާފް ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ވާ ގިނަ އަތްތަކެއް ހިމެނޭ،" ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910