އިބްރާހިމް އަމީރު

އެންމެ ހަލުވިކޮށް ކުރިއަރާ ފަސް އިގްތިސޯދުގެ ތެރޭ ރާއްޖެ ހިމެނޭ

Aug 20, 2022
1

ދުނިޔޭގެ އެންމެ ހަލުވިކޮށް ކުރިއަރާ ފަސް އިގްތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ދިން އެހީތަކާއެކު ދުނިޔޭގެ އެންމެ ހަލުވިކޮށް ކުރިއަރާ ފަސް އިގްތިސޯދުގެ ތެރޭގައި މިހާރު ރާއްޖެ ހިމެނޭ ކަމަށެވެ.

"ކޮވިޑް-19 ގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ 15 ބިލިއަނަށް ދަށްވި. ނަމަވެސް އިގްތިސޯދު ނުހުއްޓި ހިންގޭނެ ގޮތެއް ބެލި. އެހެންވެ އެންމެ ކުދި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ސަޕޯޓް ދިނިން،" އަމީރު ވިދާޅުވި އެވެ.

"22،000 އަށްވުރެ ގިނަ މީހުންނަށް 421 މިލިއަން ރުފިޔާ ދެވުނު. މީގެ އިތުރުން 2133 ވިޔަފާރިއަށް 367 މިލިއަން. އަދި 419 ބޮޑު ވިޔަފާރިއަށް 578 މިލިއަން ރުފިޔާ ދެވުނު. ހުރިހާ ގޭބިސީތަކަށް 97000 ގޭބިސީ. އަދި 21123 ވިޔަފާރިއަށް 976 މިލިއަން ރުފިޔާ ދެވުނު. ނަތީޖާއަކީ 2022 ވަނަ އަހަރު އެންމެ ބާރަށް ކުރިއަރައިގެން ދިޔަ ފަސް އިގްތިސޯދު ހިމެނޭ."

އަމީރު ވިދާޅުވީ 2022 ވަނަ އަހަރު 12 ޕަސެންޓާއި 18 ޕަސެންޓާ ދެމެދުގައި ކުރިއަރައިގެންދާނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރަށް ވުރެ މައްޗަށް ދާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.