ފެނަކަ ކޯޕްރޭޝަން

އުލިގަމާއި ނަޑެއްލާގެ އިންޖީނުގެ ހުޅުވައިފި

Aug 20, 2022
ނަޑެއްލާގެ ކުރީގެ އިންޖީނުގެ އަދި މިހާރުގެ އިންޖީނުގެ -- ފޮޓޯ ފެނަކަ
0%
0%
0%

ގދ. ނަޑެއްލާ އަދި ހއ. އުލިގަމުގެ ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ އާ އިންޖީނުގެ އާއި އާ އޮފީސް ހުޅުވައި ހިދުމަތް ދޭން ފަށައިފައިވާ ކަމަށް ފެނެކަ އިން ބުނެފި އެވެ.

ނަޑެއްލާގައި 27 އަހަރު ވަންދެން ބޭނުންކުރި ބާ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. އަދި އުލިގަމުގައި 26 އަހަރު ވަންދެން ބޭނުންކުރަމުން އައި ބާ އިންޖީނުގެ ބަންދުކުރުމަށްފަހު އާ އިންޖީނުގޭގެ ހިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ނަޑެއްލާގައި ކުރިން ހުރި އިންޖީނުގޭގެ ބިމުގެ ބޮޑުމިނަކީ 120 ސްކްއާމީޓަރެވެ. އަލަށް ހުޅުވި އިންޖީނުގޭގައި 223.80 ސްކްއާމީޓަރު އަދި އޮފީހުގައި 158.26 ސްކްއާމީޓަރު ހުންނާނެ ކަމަށް ފެނަކައިން ބުނެ އެވެ. މިހާރު ހުރި ޖެންސެޓްގެ ކެޕޭސިޓީ އަކީ 538 ކިލޯވޮޓް ކަމަށާއި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓްގެ ތިން ޖެންސެޓް ބެހެއްޓޭ ގޮތަށް ކަމަށްވެސް ފެނެކައިން ބުންޏެވެ.

އުލިގަމުގައި ކުރިން ހުރީ 70 ސްކްއާމީޓަރުގެ އިންޖީނުގެއެކެވެ. ފެނަކައިން ބުނީ އަލަށް ހުޅުވި އިންޖީނުގޭގައި 304.58 ސްކްއާމީޓަރު އަދި އޮފީސް ބައިގައި 158.26 ސްކްއާމީޓަރު ހުންނާނެ ކަމަށެވެ. އިންޖީނުގައި ހަތަރު މުވައްޒަފުންނަށް އަދި އޮފީހުގައި 25 މުވައްޒަފުންގެ ޖާގަ އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އުލިުގަމު ކުރީގެ އިންޖީނުގެ އަދި މިހާރުގެ އިންޖީނުގެ -- ފޮޓޯ ފެނަކަ

އުލިގަމުގެ އާ އިންޖީނުގެ ޑިޒައިންކޮށްފައިވަނީ 400 ކިލޯވޮޓްގެ ޖެންސެޓް ބެހެއްޓޭ ގޮތަށެވެ. މިހާރު އެތަނުގައި ބަހައްޓާފައި ހުރީ 458 ކިލޯވޮޓްގެ އިންޖީނެކެވެ.

މި އިންޖީނުގެތަކުގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯ، ޕޭންޓްރީ، ފާހާނާ، ޗިމްނީ، ޑޭ ޓޭންކް، ޑީސަން ޓޭންކް ހުރެ އެވެ. އަދި އޮފީހުގައި މީޓިން ރޫމް، މެނޭޖާ ރޫމް، ރިސެޕްޝަން އަދި ލޮބީ، ޖެނެރަލް އޮފީސް، ސްޓޯ ރޫމް، ޕޭންޓްރީ އަދި ފާހާނާ ވެސް ހުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910