ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

Aug 21, 2022

ކުވައިތުގެ ގައުމީ އެއާލައިން -- ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ކުވައިތު އެއާވޭސްގެ ރާއްޖޭގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ.

ވެލާނާ އިންޓަނޭޥޝަނަލް އެއާޕޯޓަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަފްތާ އަކު ދެ ދަތުރެވެ.

ކުވައިތު އެއާލައިންގެ އިތުރުން މެދުއިރުމަތީގެ އެހެން ބައެއް އެއާލައިންތަކުން ވެސް މިހާރު ރާއްޖެއަށް ދަތުރުކުރެ އެވެ.

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު ކުވައިތު އެއާލައިންގެ ދަތުރުތަކާ އެކު އެ ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މެދުއިރުމަތިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ކުވައިތު ހިމެނެ އެވެ.