ގުޅިފަޅު

ގުޅީފަޅު އަގުކޮށްދޭނެ ބަޔަކު ހޯދަނީ

ހިތްކައިގެން ރަށެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ، ގުޅީފަޅު އަގުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ. އާންމުކޮށް ފްލެޓް ދޭ ގޮތަށް ތަރައްގީ ކުރި އެ ރަށުގެ މަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފަ އެވެ.

ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓަޑް އިން މިއަދު ކޮށްފައިވަ އިއުލާނުގައި ބުނީ މިދިޔަ މަހު ގުޅީފަޅު އަގުކުރުމުގެ މަސައްކަތް ކުރަން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ، އަލުން އެފުރުސަތު ހުޅުވާލައި ކަމަށެވެ.

އެގޮތުން އެކަމަށް ޝައުގުވެރިވާ ފަަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު 11:00 ޖަހައި އިރު ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑްގެ އޮފީހަށް މައުލޫމާތު ސާފުކުރުމަށް ވަޑައިގެން ދެއްވުން އެދޭ ކަމަށާއި އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގައި ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ގުޅީފަޅު އިވަލުއޭޓް ކުރުމުގެ މަސައްކަތް ކުރުމަށް އިއުލާން ކޮށްފައިވާ އިރު ސަރުކާރުން ބުނެފައިވާ ގޮތުގައި ތިލަފުށިން އަރާ ދުމުގެ މައްސަލަ އޮންނަ އިރު އެރަށަކީ މީހުން އާބާދުވާން އެންމެ އެކަށީގެންވާ ރަށެއް ނޫން ކަމަށާއި ނަމަވެސް އެރަށް ތަރައްގީ ކުރުމުގެ ޕްލޭން ތަކެއް ރާވައިފަވާ ކަމަށެވެ.