ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީ 100 އާއިލާއަކަށް

Aug 21, 2022

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100 އަށް ވުރެ ގިނަ އާއިލާއަށް އެހީވެއްޖެ އެވެ.

ބީއެމްއެލް އިން މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ ގުޅިގެންނެވެ.

މިހަރަކާތުގައި ވަނީ 100 އަށް ވުރެ ގިނަ އާއިލާތަކަށް އަސާސީ ކާބޯތަކެތީގެ ޕެކޭޖުތައް ފޮނުވާފަ އެވެ.

ބީއެމްއެލް އިން ވަނީ 2021 ވަނަ އަހަރުގެ ރޯދަ މަހު ވެސް އެތައް އާއިލާއަކަށް އެހީވުމަށް އާކް އަށް އެއްލައްކަ ރުފިޔާ ހަދިޔާކުރި އެވެ.

ބީއެމްއެލް އިން ގެންދަނީ ރަށްރަށުގެ ތަރައްގީއަށް އެ ބޭންކްގެ ކޮމިއުނިޓީ ފަންޑް ޕްރޮގްރާމު ދަށުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.