އިންޑިއާ

އިންޑިއާގެ ފޮރިން ސެކްރެޓަރީ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ފޮރިން ސެކެޓްރީ ސުބްރަމޭނިއަމް ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައިޝަންކަރުގެ މި ބައްދަލުވުމަކީ ރައީސް އަބުދުﷲ ޔާމީނާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ ދަތުރެކެވެ. މާދަމާ ހެނދުނު ރާއްޖެއަށް ކުރައްވާ މި ދަތުރު އެމަނިކުފާނު ނިންމަވާލުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ.

މިދިޔަ އޮގްސްޓުމަހުގެ 3 ވަނަ ދުވަހު ވެސް ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެފަހަރު ސަރުކާރުގެ ފަރާތުން އެބޭފުޅާއާއި ބައްދަލުކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރު ނިންމާލުމަށްފަހު ލަންކާ އަށްވެސް ދަތުރުފުޅެއް ކުރައްވާނެ އެވެ.