ޔުކްރޭންގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަކީ އެދެވޭ ކަމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ބަޔާނުގައި ބުނެފައިވާ ގޮތުން އެމެރިކާގެ ރައްޔިތުންނަށާއި ތަކެއްޗަށް ރަޝިއާ ސިފައިން ހަމަލާ ދީފާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
ޔުކްރޭންގައި ހުންނަ އެމެރިކާގެ އެމްބަސީން ވެސް ވަނީ ބަޔާނެއް މެދުވެރިކޮށް އެ ގައުމުން ފޭބެން އޮތް ރައްކާތެރި ގޮތަކަށް ފޭބުމަށް ރައްޔިތުންނަށް އަންގާފަ އެވެ.
ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިންވެސް އެމެރިކާ އިން ވަނީ ރައްޔިތުންނަށް އާންމު ބަޔާނަކުން، ޔުކްރޭނަށާއި ރަޝިއާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގާފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިފަދަ އަމުރެއް ނެރުނު ސަބަބެއް ކަމަށް ބެލެވެނީ ޔުކްރޭންގެ މިނިވަން ދުވަސް، އޮގަސްޓް 20 އާ ދިމާކޮށް ރަޝިއާއިން ހަމަލާތައް ވަރުގަދަ ކޮށްފާނެ ކަމަށް ޔުކްރޭނުން ބުނެފައި ވަނިކޮށެވެ.
އަނެއްކޮޅުން ރަޝިއާ އާއި ޔުކްރޭންގައި ފަންނީ މާހިރުންނަށް އަމާޒުކޮށް ދެވޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ވަރަށް އަރިސް ސިޔާސީ ސައިންސްވެރިއެއްގެ ދަރިކަލުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އޭނާ ދުއްވަން އިން ކާރާ އެކު ގޮވައި ވަނީ މަރުވެފަ އެވެ. ޔުކްރޭންގެ އިންޓެލިޖެންސްގެ ވެރިޔާ ވެސް ވަނީ ގޮތް ނޭނގޭ ގޮތަކަށް މަރުވެފަ އެވެ.
އެހެންކަމުން މިފަދަ ހަމަލާއެއް އެމެރިކާ ރައްޔިތަކަށް އަމާޒުވުމަކީ އެމެރިކާ ދެކޭ ގޮތުގައި ވެދާނެ ކަމެކެވެ. އަދި ޖާސޫސްކުރުން ނުވަތަ ހަތިޔާރު ގެންގުޅުން ކުށަކަށް ހަދައި އާންމު ރައްޔިތުން ޖަލު ބަންދަށް ގެންދިއުމަކީ ވެސް ރަޝިއާ ކޮށްފާނެ ކަމެއް ކަމަށް އެމެރިކާއަށް ގަބޫލު ކުރެވެނީ އެވެ.