ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަދީބުގެ ހިޔާނާތުގެ ދައުވާތައް ކުރެވޭނީ އޭސީސީ ތަހުގީގު ނިމުމުން: ޕީޖީ އޮފީސް

0%
0%
0%

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވޭނީ އެ މައްސަލައިގައި އޭސީސީގެ ތަހުގީގު ނިމިގެން ކަމަށް ޕީޖީ، އޮފީހުން މިއަދު ބުނެފި އެވެ.

ބައެއް ފަޅުރަށްތަކާއި ބައެއް ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ އެކައުންޓްތަކަކަށް ލާފައި ވާތީ، ހިޔާނާތުގެ ދައުވާ ކުރަން ފުލުހުން ފޮނުވާފައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން އެ އޮފީހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލަތަކުގެ ތަފާތު ތަހުގީގެއް އޭސީސީ އިން ކުރަމުން އަންނާތީ އާއި ހާއްސަ އޮޑިޓެއް އޮޑިޓަ ޖެނެރަލް ވެސް ކުރައްވަމުން އަންނާތީ، ދައުވާ ކުރިއަށް ގެންދިއުމުގައި ޤާނޫނީ ގޮތުން ކުރިމަތިވެދާނެ ހުރަސްތަކުން ސަލާމަތްވުމުގެ ގޮތުން ފުލުހުން ތަހުގީގު ނިންމައި ފޮނުވި މައްސަލަތަކުގައި ދަޢުވާކުރުމާމެދު ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

"އޭސީސީގެ ތަހުގީގު ނިމުމުން ހުރިހާ މައްސަލަތަކެއް ދިރާސާކުރުމަށްފަހު ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ވާހަކަ ދަންނަވަމެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345