ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފިންލޭންޑްގެ ބޮޑުވަޒީރު މާފަށް އެދިވަޑައިގެންފި

ފިންލެންޑްގެ ބޮޑުވަޒީރު ސަންނަ މާރިން -- ޕާޓީ ކުރެއްވި މައްސަލާގައި މާފަށް އެދިވަޑައިގެންނެވި
100%
0%
0%

ފިންލެންޑްގެ ބޮޑުވަޒީރު ސަންނަ މާރިން ޕާޓީ ކުރައްވަނިކޮށް ލީކުވި ވީޑިއޯއާ ގުޅިގެން ރަސްމީކޮށް މާފަށް އެދިވަޑައިގެންފި އެވެ.

އިންޓަނެޓަށް ލީކުވެގެން އުޅޭ ވީޑިއޯއިން ފެންނަނީ އެކަމަނާ ނައްޓަވައި ޕާޓީކުރައްވާ މަންޒަރެވެ. އެއީ އެކަމަނާގެ ރަސްމީ ގެކޮޅުގައި ޖުލައިގައި ބޭއްވި އަމިއްލަ ޕާޓިއެއްގެ މަންޒަރެކެވެ.

މާރީން، 36، ސެލެބްރިޓީންނާ އެކު ޕާޓީ ކުރެއްވިކަން އާންމުވުމާ ގުޅިގެން ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން އެ ކަމަނާއަށް ފާޑުވިދާޅުވެ ހައްގު ނޫން ބަސްތަކެއް ވަނީ ރައްދުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޖެހިވަޑައިގެންނެވި ޕްރެޝަރުގައި ޑްރަގަށް ވެސް ޓެސްޓް ކުރެއްވި އެވެ. އެހެންނަމަވެސް ނަތީޖާ ދެއްކީ ނެގަޓިވް ކަމަށެވެ.

އެކަމަނާއާ ހަވާލާދީ ގާތް މީހުން ބުނި ގޮތުން ޑްރަގަށް ޓެސްޓްކުރީ ފާޑުކިޔާ މީހުންގެ ހީކުރުން ރަނގަޅު ނޫންކަން ކަށަވަރުކޮށް ދެއްކުމަށެވެ.

ވީޑިއޯ ލީކުވުމާ ގުޅިގެން އެކަމަނާ ޕާޓީ ކުރެއްވިކަން ދޮގެއް ނުކުރައްވަ އެވެ. ވިދާޅުވީ ވީޑިއޯއިން ފެންނަނީ އެކަމަނާ ކަމަށެވެ. އަދި ޕާޓީ ބޭއްވި ތަނާއި ވަގުތު ވެސް ހިއްސާކުރެއްވި އެވެ. އެކަމަކު ޑްރަގް ބޭނުން ނުކުރައްވާ ކަަމަށް ވިދާޅުވި އެވެ.

ރަސްމީ ގެކޮޅުގައި ޕާޓީ ބޭއްވި ނަމަވެސް ގަވާއިދާ ޚިލާފު ކަމެއް -- ހުއްދަ ނެތް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. ހުރިހާ ކަމެއް ވެސް ހިނގާ ދިޔައީ ބޮޑުވަޒީރަށް އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

ސަންނަ މާރިން އަކީ ދޭތެރެ ދޭތެރެއިން ހޫނުފެނަށް ވެއްޓި ވަޑައިގަންނަވާ ކަނބަލެކެވެ. އެއީ ޒުވާން ކަމުގެ ފޯރީގައި ހިނގާ ކަމަކަށްވެސް ވެދާނެ އެވެ.

ދުނިޔެއަށް ކޮވިޑް ފެރިތުރިގެންފައި އޮތްއިރު ވެސް ރޭގަނޑު ކުލަބަކަށް ވަޑައިގެންނެވި މައްސަލަ ފެންމަތިވެ އެފަހަރުވެސް ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަންނަ

ދިވެހިން ނާއި ހާދަ ތަފާތަޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345