ރައީސް އޮފީސް

ހާއްސަ އިނާމަށް ކުރިމަތިލާ މީހުންނަށް ބައްދަލްވުމެއް ބާއްވަނީ

ދައުލަތަށް ހިދުމަތްކުރި އިނާމު ދެނީ: މިއަހަރު އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި --
0%
0%
0%

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަަން ހާއްސަ އިނާމާ ބެހޭ ކޮމިޓީން ހަމަޖައްސައިފި އެވެ.

މި ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހު މެންދުރުފަހު 2:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމަށްޓަކައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށް ފަހު 7960844 ނަންބަރު ފޯނަށް މެސެޖް ކުރުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި މިއަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޯމު ހުށަހެޅުން މި ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910