އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ނުވަތަ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް އެދި ފޮނުވާ ވެބްސައިޓް ލިންކްތަކާމެދު ސަމާލުވުމަށް ބެންކު އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފި އެވެ.
ބެންކުން މިއަދު އާންމުކޮށް ފޮނުވި މެސެޖްތަކެއްގައި ބުނެފައިވަނީ އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ނުވަތަ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް އެދި ފޮނުވާ ވެބްސައިޓް ލިންކްތަކާމެދު ސަމާލު ވުމަށާއި އެފަދަ ލިންކްތަކަށް ނުފިތުމަށެވެ.
އަދި ބުނީ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް ނުވަތަ އަޕްޑޭޓް ކުރުމަށް އެއްވެސް ލިންކެއް ބޭންކުން ނުފޮނުވާނެ ކަމަށެވެ.
ބެންކުން މިފަދަ މެސެޖެއް އާންމުކޮށް މި ފޮނުވީ އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ނުވަތަ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް އެދި ފޭކް މެސެޖްތަކެއް ފޮނުވަމުންދާތީ އެވެ.