ޖިންސީ ގޯނާ

ފިހާރަތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

0%
0%
0%

ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. ފުލުހުންގެ ހިދުމަތުން މިރޭ ބުނީ މާލޭގައި ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ހުށައެޅީ އިއްޔެ ކަަމަށްވެސް ބުންޏެވެ.

މައްސަލައިގެ ތަފްސީލެއް ނުދީ ބުނީ މައްސަލައިގެ ތުހުމަތަށް އުމުރުން 24 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ބަންގްލަދޭޝް މީހެއް ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ. އެ ފަދަ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުން ބޮޑެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910