މަސްތުވާތަކެތި

ޑްރަގް ނައްތާލާއިރު އޮބްޒާވަރުންްނަށް ވުމުގެ ފުރުސަތު

Aug 25, 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު އޮގަސްޓް 27 ވަނަ ދުވަހުގެ 10:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ފުލުހުން ބުނީ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުން ފުރިހަމާ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު އެނގޭނޭހެން ޕޮލިސް މީޑިއާ މެއިލް އަށް މެއިލް ކުރުމަށެވެ.

މިހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލްކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށެވެ. މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 28 ވަނަ ދުވަހުގެ ހެނދުނު ދޫނިދޫގައެވެ.