މަސްތުވާތަކެތި

300 ކިލޯއަށްވުރެ ގިނަ ޑުރަގް ނައްތާލައިފި

މިއަދު ނައްތާލި މަސްތުވާތަކެތީގެ އެއްބައި ވީލް ބަރޯއެއްގައި -- ފޮޓޯ: ޕޮލިސް
0%
0%
0%

އެކި މައްސަލަތަކުގައި ފުލުހުން އަތުލާފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލާ ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ދޫނިދޫގައި މިއަދު ނައްތާލައިފި އެވެ.

ދޫނިދޫގައި ހުންނަވައިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ގާއިމްކުރަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި މިދިއަ ދުވަސްތަކުގައި ގިނަ އަދަދެެއްގެ މަސްތުވާތަކެތި އަތުލާފައިވާ ކަމަށެވެ. އަދި އަތުލާ މަސްތުވާތަކެތި ތަހުގީގު މަރުހަލާ ނިންމައި ވީހާވެސް އަވަހަށް ނައްތާލާ ކަމަށެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12778 އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމެވެ. ބަރުދަނަކީ 324.05 ކިލޯ އެވެ.

އޭގެ ގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމްޑީއެމްއޭ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަރުކެހި

ކާކައްތައެގެނީ ތިއަންދާލީ ހުސްކޮތަޅު ތަކެއްނޫންކަމެއްވެސް ވަކިއަދަދަކައް ފޮރުވާފަވެސް ދަޅަދައްކަފާނެދޯ؟؟ އިމްރާނުކީއްކުރައްވަންތޯ މިކަހަލަ މަރުހަލާތަކައްދާންވީ ހޯމްމިނިސްޓަރުކުރަންޖެހޭކަމެއްތޯ؟؟؟

ގުއިއްޒު

ހާދަ ފައިސާއެކޭ ޕީޕީއެމަށް މިގެއްލުނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345