މަސްތުވާތަކެތި

ދުއިސައްތަ ކިލޯގެ ޑްރަގް ނައްތާލަން އޮބްޒާވަރުން ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގައި އޮބްސާވަރުންނަށް ވުމުގެ ފުރުސަތު އާއްމުންނަށް ހުލުވާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެއްޗަކީ، މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން ތިން މައްސަލައެއްގައި ހޯދި ތަކެއްޗެވެ.

އެއީ ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި، ސ.ހިތަދޫ، ފިނިފަރު އަބްދުﷲ އިބްރާހިމް އާއި އިތުރުބަޔަކު ބައިވެރިގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެތީގެ އިތުރުން ގއ.ވިލިނގިލީ، ލައިޓްހައުސް ޝަހީބް އިބްރާހިމް އިތުރު ބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެއްޗެެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ 12:00 އާހަމަށް ހުޅުވާލާފައިވާ ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 29 ވާ އަންގާރަ ދުވަހު ދޫނިދޫގައެވެ.