މަޝްހުރު ޖީ2000 އާއި ޖިއަޑާނޯ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު -- ކްލެސިކް އިން ދޭތި ގަތުމުން އެކަތި ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އާންމުންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކްލެސިކް އިން ފަށާފައިވާ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު، އަމީރުއަހުމަދު މަގުގެ މިލޭނާ ޓަވަރުގައި ހުޅުވި ކްލެސިކް ފިހާރަ އިން ޖީ2000 އާއި ޖިއަޑާނޯ ބްރޭންޑްގެ އަންހެން އަދި ފިރިހެންނުނަށް ހާއްސަ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެ އެވެ.
ރާއްޖޭގައި ފެޝަނަށް ލޯބި ކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކްލެސިކް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 10:00 އިން 23:00 އަށެވެ. އަދި ހުކުރު ދުވަހު 16:00 އިން 23:00 އަށެވެ.
ކްލެސިކް އިން ބުނީ ޖީ2000 އާއި ޖިއަޑާނޯގެ އިތުރު ސްޓައިލްތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށެވެ.
ކުލެސިކް ފިހާރައަކީ ފެޝަނަށް ލޯބިކުރާ ދިވެހިންނަށް ހާއްސަ އަދި ދިވެހިންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް ފިހާރަ އެވެ.