މަޝްހޫރު ޖީ2000 އާއި ޖިއަޑާނޯ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު -- ކްލެސިކް އިން އާންމުންގެ ތަރުހީބު އެންމެ ބޮޑަށް ލިބެމުންދާ އަންނައުނުގެ އާ މުދާ ގެނެސް ހާއްސަ ސޭލެއް ފަށައިފި އެވެ.
އަލަށް ގެނައި އަންނައުނުގައި ކުރިން ކެލެސިކް އިން ނުފެންނަ ތަފާތު ކުލަތަކުގެ ޕޯލޯ، ލިނެން ގަމީސް، އޮކްސްފޯޑު ގަމީސް، ޖީމޯޝަން ސޯޓު، ފަޓުލޫނު އަދި ބެލްޓޫ ވެސް ހިމެނެ އެވެ.
މީގެ އިތުރުން އާ ޕްރޮޑަކްޓެއް ކަމުގައިވާ ފިރިހެނުންނަށް ހާއްސަ، ޖިއަޑާނޯ ބްރޭންޑުގެ ކެޝުއަލް ބޫޓު ވަނީ ތައާރަފްކޮށްފަ އެވެ.
![](https://images-01.avas.mv/post/big_lfdzsROW9JtnP8kfcN70oxe5f.jpg)
![](https://images-01.avas.mv/post/big_DfX10gkhUL8M9wU3dHGGXDkFb.jpg)
![](https://images-01.avas.mv/post/big_7gzZwzl7uxjSLh1FXJTXVYbFn.jpg)
![](https://images-01.avas.mv/post/big_Da074UXf0ZQcNu58ks0l7eE8y.jpg)
![](https://images-01.avas.mv/post/big_uHKZpf4Fev28gU0lArrvNydCS.jpg)
އަލަށް ގެނައި މުދަލާ ގުޅިގެން މިމަހުގެ 13 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި 35 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
ރާއްޖޭގައި ފެޝަނަށް ލޯބި ކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކްލެސިކް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މި ފިހާރަ ހުންނަނީ އަމީރު އަހުމަދު މަގުގަ އެވެ.
ކްލެސިކް އިން ކޮންމެ މަހަކު ވެސް މިފަދަ ސޭލްތައް ކުރިއަށް ގެންދެ އެވެ.