ކްލެސިކް

ޖީ2000ގެ އާ ކަލެކްޝަނެއް ހާއްސަ ޑިސްކައުންޓުތަކާ އެކު

Sep 26, 2022

މަޝްހޫރު ޖީ2000 ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު -- ކްލެސިކް އިން އެ ބްރޭންޑުގެ އާ ކަލެކްޝަނެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

އާ ކަލެޝަން މިދިޔަ ހުކުރު ދުވަހު ތައާރަފްކޮށް 25 ޕަސަންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ކްލެސިކް އިން ވަނީ ފަށާފަ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކްލެސިކް އިން ބުނީ އާ ކަލެކްޝަންގެ ދަށުން 100 ޕަސަންޓް ކޮޓަން، ނޮން އަޔަން، ޕެޓާން، ޕްލެއިން، ސްމާޓްފިޓް، އަދި ޓެކްވޯކްގެ ގަމީހުގެ ވައްތަރުތައް ގަންނަން ލިބޭ ކަމަށެވެ.

ކްލެސިކް އަކީ ޖިއަޑާނޯ ބްރޭންޑްގެ ވެސް ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓިއުބިއުޓަރެވެ.

"މިއަހަރުގެ ތެރޭގައި ޖިއަޑާނޯ އަދި ޖީ2000ގެ ވަރަށް ތަފާތު ސްޓައިލްތަކެއް ތައާރަފްކުރެވިގެންދާނެ. ނިއު އެރައިވަލްސް ލޯންޗް ކުރުމުގެ ގޮތުން ކްލެސިކްގައި ބޭއްވިގެންދާ ހަފްލާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދޭ،" ކްލެސިކްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ފެޝަނަށް ލޯބި ކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކްލެސިކް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. ކްލެސިކް ފިހާރަ ހުންނަނީ އަމީރު އަހުމަދު މަގުގަ އެވެ.