ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނީ ސަން އައިލެންޑްގައި ހުންނަވަނިކޮށް ގާސިމްގެ ހާލުކޮޅު ދެރަވެ އިމާޖަންސީގައި ފަރުވާ ދިނުމަށް ޑޮކްޓަރުންގެ ޓީމެއް އެ ރަށަށް ފުރާފައިވާ ކަމަށް އަޑުފެތުރުމުންނެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ގާސިމްގެ ހާލުކޮޅު ރަނގަޅު ކަމަށް ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދިނެވެ.