ޖޭއެސްސީ

ޝަރުއީ ދާއިރާގެ މުވައްޒަފުން އިންޑިއާއިން ތަމްރީންކުރާތީ ކަންބޮޑުވެވަޑައިގެންފި

Aug 27, 2022
ކުރީގެ ޕީޖީ އަހްމަދު މުއިއްޒު. ޝަރުއީ ދާއިރާގެ މުވައްޒަފުން އިންޑިއާއިން ތަމްރީންކުރާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ: އަވަސް
0%
0%
0%

އިންޑިއާ އާއި ގުޅިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ތަމްރީން ކުރުމަށް ނިންމުމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުއިއްޒުގެ ކަންބޮޑުވުން ހާމަކުރައްވާފައި މިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު އެމްއޯޔޫ އެއްގައި މިދިޔަ އަންގާރަ ދުވަހު ސޮއި ކޮށްފައި ވަނިކޮށެވެ. މީގެކުރިން 2020 ވަނަ އަހަރު ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން ޖޭއެސްސީއާއި އިންޑިއާގެ ނެޝަނަލް ޖުޑިޝަލް އެކަޑެމީއާ ދެމެދު ވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.

އެމްއޯޔޫތަކުގެ ދަށުން ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ފުރުސަތު އިންޑިއާ އިން ފަހިކޮށްދޭނެ އެވެ.

ޝަރުއީ ދާއިރާގެ އެމްއޯޔޫތަކާ ގުޅިގެން މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވީ އެ އެމްއޯޔޫތަކުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ބުނެ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

މުއިއްޒުގެ ޓްވީޓްގައި ވަނީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން އިންޑިއާ އިން ތަމްރީނުކުރާތީ އެކަމުން ދިވެހިންނަށް ފައިދާވެދާނެ ގޮތަކާ މެދު ސުވާލު އުފައްދަވާފަ އެވެ. އަދި އިންޑިއާ އަކީ ޝަރުއީ ދާއިރާއިން ބަލާއިރު ދުނިޔޭގައި މާފާހަގަކުރެވޭ ގައުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345