އަހުމަދު މަހްލޫފު

މަހްލޫފުގެ ޝަރީއަތް ކެންސަލް ކޮށްފި

Aug 28, 2022
1

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ދައުލަތުން އެދިގެން މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ޔަގީންކޮށްދެ އެވެ.

ޝަރީއަތް ކެންސަލް ކުރި އިރު މަހްލޫފް ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މ. އަތޮޅުގަ އެވެ.

މަހްލޫފްގެ ޝަރީއަތް މިއަދު ހެނދުނު 9:00 ޖެހިއިރު ކުރިއަށް ގެންދަން ނިންމާފައި އޮތީ އޮންލައިން ކޮށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

މަހުލޫފްގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހު ފަށާއިފައިވާއިރު އެދުވަހު މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. އަދި މި މައްސަލައިގައި ހެކި ހޯދާފައިވާ ގޮތަށް ބަލާއިރު މިއީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ނޫން ކަމަށް މަހްލޫފްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކުރެއްވުމުން އެ ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހު އެ މައްސަލަ ކޯޓުން ބޭރުކޮށްލާފަ އެވެ. އެ ނިންމުން ދައުލަތުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން ކްރިމިނަ ކޯޓްގެ ނިންމުން ބާތިލްކޮށް އަލުން މައްސަލަ ބަލަން ވަނީ އަންގާފަ އެވެ.

ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.