ޖުމްހޫރީ ޕާޓީ

ޖޭޕީގެ ގައުމީ ޖަލްސާ ޑިސެންބަރުގައި

ޖުމްހޫރީ ޕާޓީން 2018 ގައި ބޭއްވި ގައުމީ ޖަލްސާގެ ތެރެއިން --
0%
0%
0%

‎ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ގައުމީ ކޮންފަރެންސް ޑިސެމްބަރު މަހުގައި ބޭއްވުމަށް ނިންމާ ތައްޔާރީތައް ފަށައިފި އެވެ.

‎ޖުމްހޫރީ ޕާޓީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ގައުމީ ކޮންފަރެންސްއަށް ތައްޔާރު ވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ ނަގާފައެވެ.

‎ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.

‎"ޕާޓީގެ މިދެންނެވި މަސައްކަތް ކުރުމަށް އެންމެހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެ. އަދި މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ މެންބަރުންނަށް ވެސް ފުރުސަތު ފަހިވެފައި އޮންނާނެ،" ޖުމްހޫރީ ޕާޓީން ބުންޏެވެ.

އެ ޕާޓީން ވަނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. ގައުމީ ޖަލްސާގައި އެކަމާއި ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910