ކްރިމިނަލް ކޯޓް

އެއާޕޯޓުން ހިފެހެއްޓި ދެ މީހުން 10 ދުވަހަށް ބަންދު

މައްސަލައަކާ ގުޅިގެން އެއާޕޯޓުން އިއްޔެ ހައްޔަރު ކުރި ދެ މީހުން 10 ދުވަހު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރު ދީފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ މީހަކު އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އެއީ ދެ ބިދޭސީން ކަމަށްވެސް ބުންޏެވެ. ފަހުން އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާ އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރި ކަމަށެވެ.

އަދި އެ މީހުން ބަންދުގައި ބައިތިއްބަން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ބުންޏެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އިންޑިއާ ދެ މީހެކެވެ. އެ ދެ މީހުންގެ މައްޗަށް އޮތީ ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓްގައި އުޅުމުގެ ތުހުމަތެވެ.