ވިޝާލް ބަރްދްވާޖް ޑައިރެކްޓްކުރާ އަދި ތަބޫ އާއި އަލީ ފަޒާލް އެކްޓްކުރާ ސްޕައި ތްރިލާ "ހޫފިޔާ"ގެ ޓީޒާ ނެޓްފްލިކްސް އަށް ނެރެފި އެވެ.
"ހޫފިޔާ" އަކީ އިންޑިއާގެ އިންޓެލުޖެންސް އޭޖެންސީ ރޯގެ ކުރީގެ ޗީފް އޮފް ކައުންޓާ އެސްޕިއޮނާޖް ޔުނިޓް އަމަރް ބުޝަންގެ ވާހަކަ "އެސްކޭޕް ތި ނޯވެއާ" އަށް ބިނާކޮށްފައިވާ ފިލްމެކެވެ.
މި ފިލްމްގައި ފެނިގެންދާނީ ރޯ އޭޖެންޓް ކްރިޝްނާ މެހެރާ (ތަބޫ) އަށް ހާއްސަ މިޝަނަކަށް ކަނޑައެޅުމުން، އޭނާ ސްޕައި އަދި ލޯބީގެ ދައުރު އަދާކުރުމަށް ކުރާ މަސައްކަތެވެ.
ތަބޫ ބުނީ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ އަބަދުވެސް ތަފާތު ވާހަކަތަކާއި ނަޒަރިއްޔާތުތަކުގެ ބަޔަކަށްވާ ހިތްވާ ކަމަށާއި ތަބޫގެ ނަސީބް ރަނގަޅު ކަމުން މިފަދަ ފުރުސަތުތައް ލިބުނު ކަމަށެވެ.
ވިޝާލް ބަރްދްވާޖްއާ އެއްކޮށް މަސައްކަތް ކުރުމަކީ އަބަދުވެސް ޝަރަފަކާއި އުފަލެއް ކަމަށާއި ނެޓްފްލިކްސް މެދުވެރިކޮށް މި ފިލްމް މުޅި ދުނިޔެއަށް ހިއްސާކުރެވޭތީ ފިލްމްގައި މަސައްކަތްކުރި ހުރިހާ އެންމެންވެސް ވަރަށް އުފާކުރާ ކަމަށް ތަބޫ ބުންޏެވެ.
ތަބޫ އެންމެ ފަހުން ފެނިގެން ދިޔައީ ކާމިޔާބު ފިލްމެއް ކަމުގައިވާ "ބޫލް ބުލައްޔާ 2" އިންނެވެ.