ބޮލީވުޑް

ކުނާލް އާއި އަރްޕިތާގެ ކައިވެނީގައި ގިނަ ތަރިންތަކެއް ބައިވެރިވެއްޖެ

ބޮލީވުޑްގެ ފެޝަން ޑިޒައިނަރުން ކަމުގައިވާ ކުނާލް ރާވަލް އާއި އަރްޕިތާ މެހެތާގެ ކައިވެނީގެ ހަފްލާތަކުގައި ގިނަ ތަރިންތަކެއް ބައިވެރިވެއްޖެ އެވެ.

މުމްބައިގެ ތާޖް މަހަލް ޕެލަސް ހޮޓަލުގައި ބޭއްވި ކައިވެނީގެ ހަފްލާގައި އަރްޖޫން ކަޕޫރް، މަލައިކާ އަރޯރާ، ވަރުން ދަވަންގެ ދެމަފިރިން، ޝާހިދު ކަޕޫރްގެ ދެމަފިރިން، ރިއާ ކަޕޫރް އަދި ބާދްޝާ ފަދަ ތަރިން މި ހަފްލާގައި ބައިވެރިވި އެވެ.

އަރްޕިތާ އާއި ކުނާލްގެ ކައިވެނީގެ ހެނދުން ހުރީ ޒަމާނީ ގޮތްތަކާ އެއްގޮތަށް ރަން ކުލައާއި އައިވަރީ ކުލައިގަ އެވެ.

މި ދެ ލޯބިވެރިން ކައިވެނީކުރީ 10 އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު އެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި މި ދެ ލޯބިވެރިން ވަނީ ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ހެދުން ޑިޒައިންކޮށްފަ އެވެ.