އިންފްލޭޝަން

ޖުލައި އިންފްލޭޝަން 0.15 ޕަސެންޓް މައްޗަށް

Aug 31, 2022

މިދިޔަ ޖުލައި މަހު ރާއްޖޭގެ އިންފްލޭޝަން 0.15 ޕަސެންޓަށް އުފުލިފައިވާ ކަމަށް ދައްކައިފި އެވެ.

ގައުމީ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާއިން ނެރުނު އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު އަގުތައް މަތިވެފައިވަނީ 0.15 ޕަސެންޓަށެވެ. ނަމަވެސް ޖޫން މަހު އަގުތައް މަތިވެފައިވަނީ 0.45 ޕަސެންޓަށެވެ.

އަގުތައް މަތިވެފައިވާ ބައިތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަނޑުމަހާއި އެއްގަމު މަހެވެ. އަދި ކިރުގެ ބާވަތްތަކެވެ.

ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް ދާއިރު ސަރުކާރުން ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފަ އެވެ. އެގޮތުން ނިންމާފައިވަނީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމާ އެކު ތަކެތީގެ އަގުތައް އިތުރަށް އުފުލި އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.