ބޮލީވުޑް

"ޖޯގީ"ގެ ޓްރެއިލާ ނެރެފި

Aug 31, 2022

ދިލްޖީތް ދޮސާންޖްގެ "ޖޯގީ"ގެ ޓްރެއިލާ ނެރެފި އެވެ.

ޓްރެއިލާގައި ދައްކައިދެނީ 1984 ވަނަ އަހަރު ސިކުންގެ މީހަކު (ދިލްޖީތް) އޭނާގެ އާއިލާއާ އެކު ހެނދުނުގެ ސައި ބޮނިކޮށެވެ. ދެން ފެންނަނީ ބަޑީގެ އަޑުތައް އިވި، ރުޅިއައިސްފައި ތިބި މީހުންތަކެއް މުޅި ހިސާބުގަނޑަށް އައިސް، ތަންތަން ހަލާކުކޮށް މީހުން ގައިގައި ތަޅާ އަނިޔާކުރާ ތަނެވެ. ދެން ފެންނަނީ މި ހަމަނުޖެހުމުގެ ތެރޭގައި ދިލްޖީތްގެ އާއިލާ ގޮވައިގެން ޕަންޖާބަށް ދާން މަސައްކަތްކުރާ ތަނެވެ.

ޓްރެއިލާ އަށް ބެލުންތެރިގެ ތައުރީފް ދަނީ ލިބެމުންނެވެ. މި ފިލްމަކީ ހިތްވަރާއި ރަހްމަތްތެރިކަމާއި އުއްމީދު ދައްކުވައިދޭ ފިލްމެކެވެ.

"އަހަރެން އުފަންވީ 1984 ގައި. އަހަރެން ބޮޑުވެގެން އައި އިރު، އެ ހަމަނުޖެހުން ތެރޭގައި ހިނގި އެތައް ހަގީގީ ވާހަކަތަކެއް އަޑު އިވުނު. އަހަރެން މީގެ ކުރިން ހެދިން "ޕަންޖާބް 1984" ކިޔާ ޕަންޖާބީ ފިލްމެއް، އެއަށް ނެޝަނަލް އެވޯޑް ވެސް ލިބުނު. އެހެންވެ 'ޖޯގީ' އަރެންނަށް ވަރަށް މުހިއްމު، އަލީ ސަރ ހިޔާރުކުރީ ރަނގަޅު ވާހަކައެއް،" ދިލްޖީތް ބުންޏެވެ.

ޖޯގީ ޑައިރެކްޓް ކޮށްފައިވަނީ އަލީ އައްބާސް ޒަފަރު އެވެ. މިފިލްމް ނެޓްފްލިކްސްއަށް ނިކުންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.