މޯލްޑިވްސް ޕޮލިސް ސާވިސް

ބަރަހަނާ ފޮޓޯ އާންމުކުރި މީހާ ހައްޔަރު ކޮށްފި

އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 37 އަހަރުގެ މީހެކެވެ.

އެމިހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.

އެއީ ކާކުކަން ސާފުކޮށް ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ ދިވެހި މީހާ އެވެ. އޭނާ ކުރީންވެސް ހައްޔަރު ކޮށް ބަންދުގައި ގެންގުޅުނެވެ.