އުރީދޫ

އުރީދޫ އެމް-ފައިސާގެ ހާއްސަ އޮފާއެއް އިއުލާންކޮށްފި

Aug 31, 2022

އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާއެއް އިއުލާންކޮށްފި އެވެ.

މި އޮފާގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ފަރާތްތަކަށް އަދި ވިޔަފާރި ކުރާ ފަރާތްތަކަށް، އަދަދުގެ ފަސް ޕަންޓާއި ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދު ކުރެވޭނެ އެވެ.

މިއަދު ތައާރަފް ކުރެވުނު ހާއްސަ އޮފާ އާއި އެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބޭނެ އެވެ.

ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހަަށް އޯޑަރުކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް ކޭޝްބެކް އޮފާގެ އުފާ ލިބިގެންދާނެ އެވެ.

މި ޕްލެޓްފޯމްގައި ޔުޓިލިޓީ ޕޭމަންޓް ދެއްކޭ ތަންތަނުގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނެ އެވެ. މީގެ އިތުރުން ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތައްވެސް މި ފްލެޓްފޯމްގައި ހިމެނެ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވިކަމުގެ އެސްއެމްއެސް އެއް ލިބޭނެ އެވެ. ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތައް ލިބިގެންދާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.