ކްރިމިނަލް ކޯޓް

ޕޯސްޓުން ގެނައި ޑްރަގާ ހަވާލުވި މީހާގެ ބަންދަށް 30 ދުވަސް

Sep 1, 2022

ޕޯސްޓް މެދުވެރިކޮށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗާ އެކު އަތުލައިގެން މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.

މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ޕޯސްޓުން ރާއްޖެ ޕާރްސަލް ބަލައި ދިޔަ 23 އަހަރުގެ އަންހެނެކެވެ.

އޭނާގެ ބަންދާ މެދު އިއްޔެ ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ.

މިމީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބަންދުގެ މަޖިލީހުގައި ފުލުހުން ބުނެފައިވެ އެވެ.

ޕާރުސަލް ރާއްޖެ ގެނެސްފައިވަނީ ޖަރުމަނުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތީގެ ދެ ބާވަތެއް ހިމެނޭ ހަތަރު ޕެކެޓެއް އޮތް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެ އެވެ.

އަތުލައިގަނެފައިވަނީ ކެޓަމައިން ކިޔާ މަސްތުވާތަކެތީގެ ދެ ޕެކެޓާއި ކޮކެއިން ދެ ޕެކެޓެވެ. ކެޓަމައިން ހުރި ދެ ޕެކެޓްގެ ބަރުދަނުގައި 1،087 ގްރާމު ހުރި އިރު ކޮކެއިން ޕެކެޓްތަކުގެ ބަރުދަނުގައި ހުރީ 587 ގުރާމެވެ. މިތަކެތީގެ އަގު ފަސް މިލިއަން ރުފިޔާއަށް އަރަ އެވެ.