ވެމްކޯ

ވެމްކޯގެ އެމްޑީއަކަށް ޑީއެމްޑީ ހަމަޖައްސައިފި

Sep 1, 2022

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހއ. ދިއްދޫ، ހަޒާރުމާގެ ޔޫސުފް ސިރާޖް ހަމަޖައްސަވައިފި އެވެ.

އޭނާ މިހާތަނަށް ހުންނެވީ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައެވެ. ވެމްކޯގެ އެމްޑީގެ މަގާމަކަށް ބޭފުޅަކު ހަމަޖައްސަވާފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ފަސް މަސް ދުވަހުން ފަހުންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ވެމްކޯ ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހއ. ދިއްދޫ، ހަޒާރުމާގެ ޔޫސުފް ސިރާޖް ހަމަޖައްސަވާފައިވާ ކަމަށެވެ.

ވެމްކޯގެ އެމްޑީގެ މަގާމުގައި ކުރީން ހުންނެވި އާދަމް މުހައްމަދު އެ މަގާމުން ވަކިކުރެއްވީ މާޗް 14 ވަނަ ދުވަހު އެވެ. އޭނާއަށް ދެއްީ ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކެމެވެ.