ސުޕްރީމް ކޯޓް

ޝަހުމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް

ޝަހުމް: އޭނާ މަރަން ކުރި ހުކުމް ކަށަވަރުން ކުރަން ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި --
0%
0%
0%

ސ. ހިތަދޫ ވަރުދީގެ، އަހްސަން ބަޝީރު މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ހައިކޯޓުން ކުރި ހުކުމް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅައިފި އެވެ.

ތޫނު އެއްޗަކުން އަހްސަންގެ ކަރަށް ހަމަލާދީ މަރާލީ މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުން އޭނާ ހިނގާފައި ދަނިކޮށް މާޗް 16، 2011 ވަނަ އަހަރު އެވެ. އަހްސަނަށް ހަމަލާދިނުމުން އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރޭ މެންދަމު 3:30 ހާއިރު އެވެ.

އަހުސަން މަރާލި މައްސަލާގައި ދައުލަތުން ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.

ޝަހުމްގެ އިތުރުން މއ. ވީނަސްތަރި، ހަސަން ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެކަމަކު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އަހްސަން މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ޝިމާޒް ޖަލަށްލާން ހުކުމްކޮށްފައިވަނީ 15 އަހަރަށެވެ. ޝިމާޒަކީ ހަމަލާދިން ތަނަށް ޝަހުމް ގޮވައިގެން ސައިކަލުގައި ގޮސް އަދި ހަމަލާއަށްފަހު ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔަ މީހާ އެވެ.

އަހްސަން މެރުމުގެ ކުށް ސާބިތުވެފައިވަނީ މި މައްސަލަ ސާބިތުކުރުމުގައި އަހްސަން މަރު މަތީގައި ބުނި ބަހުގެ މައްޗަށެވެ. އެގޮތުން ހޮސްޕިޓަލްގައި މަރުމަތީގައި އޮވެގެން ޝަހްމު ހަމަލާ ދިން ކަމަށް އަހްސަން ބުނި ކަމަށް ބުނެ ބައެއް މީހުން ހެކިބަސް ދީފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910