ދުނިޔެ

ޓައިވާން ސިފައިން ޗައިނާ ޑްރޯނަށް ބަޑިޖަހަނީ

ޗައިނާ ޑްރޯންތައް ޓައިވާން ސަރަހައްދަށް -- ހާއްސަކޮށް ވަކިން އޮންނަ ރަށްތަކަށް އަރައި ޖާސޫސްކުރާ ކަމަށް ބެލެވޭތީ އެފަދަ ޑްރޯންތަކަށް ހަމަލާދިނުމަށް، ޑްރޯންނަށް ހަމަލާދޭ ބާވަތުގެ ބަޑިތަކެއް ބޭނުންކުރަން ފަށައިފި އެވެ.

ޓައިވާންގެ އަސްކަރިއްޔާއިން ބުނި ގޮތުން ވަކިން އޮންނަ ކިންމެން އަދި މަޒޫ ރަށްތަކާ ގާތްވާ ނަމަ ބަޑިޖަހައި ޑްރޯން ވައްޓާލެވޭނެ އެވެ.

ކިންމެން އާއި މަޒޫ ރަށްތައް އޮންނަނީ ޓައިވާންގެ ބެލުމުގެ ދަށުގަ އެވެ. އެކަމަކު އެއީ ޗާއިނާއާ ވަރަށް ގާތުގައި އޮންނަ ރަށްތަކެކެވެ.

ޗައިނާ ސިފައިން އެ ރަށްތަކަށް ޑްރޯން ފޮނުވަނީ ޓައިވާނަށް ބިރު ދައްކަން ކަމަށްވެސް ޓައިވާންގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އެކަން ކޮންޓްރޯލް ކުރުމަށް އެ ރަށްތަކުގައި ތިބި ސިފައިންނަށް "އެންޓީ ޑްރޯން" ބަޑި ދީފައި ވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެންޓި ޑްރޯން ބަޑި އަކީ ވަޒަނުން ހަލަލާދޭ ބަޑިއެއް ނޫނެވެ. އެއިން ކުރާ ކަމަކީ ޑްރޯންގެ ކޮންޓްރޯލް އޮޅުވާލުމެވެ. އެ ގޮތުގައި ޑްރޯން ކޮންޓްރޯލްކުރާ ބަޔަކަށް ކޮންންޓްރޯލް ގެއްލި އުޅަނދު ބިމަށް ނުވަތަ ކަނޑަށް ވެއްޓެނީ އެވެ.

ޓައިވާނުން ބުނީ އެގޮތަށް އަމަލުކުރަން ޖެހުނީ ޗައިނާގެ އުނދަގޫ މާބޮޑުވުމުން ކަމަށެވެ. ޓައިވާނާ މާގާތަށް ޑްރޯންތައް ފޮނުވައި ޓައިވާން އަސްކަރިއްޔާ އުޅޭ ނޫޅޭ ގޮތް ޗައިނާ ބަލާ ކަމަށްވެސް ޓައިވާން އިން ބުނެ އެވެ.

ޗައިނާ ޑްރޯންތައް ފައްސާލައި ވައްޓާލުމަށް ޓައިވާނުން މީގެ ކުރިން އަސްލު އުންޑަ ވެސް ވަނީ ބޭނުންކޮށްފަ އެވެ. އަދި ޗައިނާ އިން ބިރުދެއްކުން ހުއްޓާނުލައިފިނަމަ ޑްރޯންތަކަށް ބަޑިޖަހާނެ ކަމަށްވެސް ޓައިވާނުން އޮތި ބުނެފަ އެވެ.

ޓައިވާން އާއި ޗައިނާއާ ދެމެދު ގުޅުން ގޯސްވެގެން އުޅެނީ އެމެރިކާއާ ހެދި އެވެ. އެމެރިކާ އިން ދަނީ ޓައިވާނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެއީ ޗައިނާއާ ކުރިމަތިލެވޭ ފެންވަރަށް ޓައިވާންގެ އަސްކަރިއްޔާ ގާބިލުކުރުމަށެވެ.

ޗައިނާ ބުނާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. މިނިވަން ގައުމަކާ އެކު މުއާމަލާތްކުރާ ގޮތަށް ޓައިވާންއާ އެކު މުއާމަލާތް ނުކުރުރުމަށް ވެސް ޗައިނާ ވަނީ އެމެރިކާއަށް އަންގާފަ އެވެ.