ބޮލީވުޑް

ބްރަމަސްތުރަ: ބޮލީވުޑްގެ ހަރީފުމޫސުމަށް ނިމުން

"ބުރަމަސްތުރަ"ގެ ޓްރެއިލާގެ ބައެއް މަންޒަރު
100%
0%
0%

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބްރަމަސްތުރަ"ގެ އެޑްވާންސް ބުކިންގްސް ރަނގަޅުކަމުން ބޮލީވުޑަށް އުއްމީދު އާވެއްޖެ އެވެ.

މިއަހަރު ތެރޭ ނުކުތް އެއްވެސް ފިލްމެއްގެ އެޑްވާންސް ބުކިންގްސް ނުހައްދާ ވަރަށް މިފިލްމުގެ އެޑްވާންސް ބުކިންގްސް ހައްދާފައިވާތީ މިއީ ހިންދީ ފިލްމު އިންޑަސްޓްރީއަށް އައިސްފައިވާ ހަރީފު މޫސުމަށް ނިމުން ގެނެސްދޭނެ ފިލްމެއް ކަމަށް މިހާރު ގިނަ ބަޔަކު އުއްމީދު ކުރެ އެވެ.

ސެޕްޓެމްބަރު ނުވަވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބްރަމަސްތުރަ ޕާޓް ވަން: ޝިވާ" އަކީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާފައިވާ އަގުބޮޑު ފިލްމެކެވެ.

ފިލްމު އުފެއްދުމުގައި ފަސް އަހަރު ފާއިތުވެފައިވާތީ ފިލްމުގެ ހަރަދުތައް އިތުރުވެފައިވެ އެވެ. ވީމާ މި ފިލްމު ކާމިޔާބު ނުވެއްޖެނަމަ މިއީ މުޅި ފިލްމު އިންޑަސްޓްރީއަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކަށް ވާނެ އެވެ.

"ބްރަމަސްތުރަ" ސައުތު އިންޑިއާގައި ހުށަހަޅައިދެނީ "ބަހޫބަލީ"ގެ ޑައިރެކްޓަރު އެސް.އެސް ރާޖާމޯލީ އެވެ.

ޓްރޭޑް އެނަލިސްޓުން ބުނާ ގޮތުން މިހާރު އެޑްވާންސް ބުކިންގްސްގެ އޮއިވަރު ހުރި ގޮތުން "ބްރަމަސްތުރަ" އަކީ ކޮރޯނާވައިރަސް ޕެންޑެމިކަށް ފަހު އެންމެ ރަނގަޅު ފެށުމެއް ލިބޭނެ ފިލްމަށް ވާނެކަން ޔަގީން ކުރެވޭ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345