ބޮލީވުޑް

އާލިއާގެ "ބޭބީ އޮން ބޯޑު" ހެދުން ކަމަކުނުދިޔަ

އާލިއާ ބަޓް މިހާރު އުޅެނީ ފިރިމީހާ ރަންބީރު ކަޕޫރާއެކު ކުޅެފައިވާ "ބްރަމަސްތުރަ" ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އަވަދިނެތި އެވެ. އެކި އެކި އިވެންޓުތަކުގައި ކޮންމެ ދުވަހަކުވެސް އާލިއާ ބައިވެރިވަމުންދާއިރު އޭނާގެ "ބޭބީ ބަމްޕް" އާ އެއްވަރަށް އަޅާ ހެދުންތަކަށް ވެސް ފޭނުންގެ ލޯތައް އަމާޒުވެ އެވެ.

އެގޮތުން އެއް އިވެންޓެއްގައި އާލިއާ ލައިގެން ހުރި ގަދަފިޔާތޮށިކުލައިގެ އަނާރުކަލީ ސޫޓެއްގެ ފުރަގަހުގައި ރަން ފަށުވިން "ބޭބީ އޮން ބޯޑު" ޖަހާފައި އިނދެގެންނާއި ލައިގެން ހުރި ހަރުވާޅުގައި "ލަވް" ޖަހާފައި އިނދެގެން ފޭނުން އެކަމާ ވަރަށް ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް އެއްޗެތި ކިޔާފައިވެ އެވެ.

އެއް ފޭނަކު ލިޔެފައިވާ ގޮތުގައި މާބަނޑު މީހުން ހަގީގަތުގައި ވެސް ވަރަށް ރީއްޗެވެ. އެމީހުންގެ މޫނުމަތީގައި އާދަޔާޚިލާފު ރީތި ވިދުމެއް ހުރެ އެވެ. އެގޮތުން އާލިއާ ވެސް ބަނޑުބޮޑުވި ފަހުން މާ ރީތިވެއްޖެ ކަމަށާއި ނަމަވެސް އޭނާގެ ޕީއާރް ޓީމުން އޭނާ އަޅާ ހެދުމަށް ސަމާލުކަން ނުދޭކަމަށް އެމީހާ ބުނެފައިވެ އެވެ.

"ކީއްކުރަންބާ އޭނާގެ ހެދުމުގައި އެފަދަ އެއްޗެއް ލިޔަންވީ؟ އޭނާއަކީ ކާރެއް ނޫން. އެހެންވެ އޭނާ އަޅާ ހެދުމުގައި ކޮންމެހެން "ބޭބީ އޮން ބޯޑު" ޖަހާކަށް ނުޖެހޭ،" ކޮމެންޓުކުރި އިތުރު ފޭނަކު ބުނެފައިވެއެ ވެ.

ތިންވަނަ މީހަކު ބުނެފައިވާ ގޮތުގައި އާލިއާގެ އަޅައިގެން ހުރި ހެދުން ދައްކާލަމުން ރަންބީރު ވެސް ހުރީ ވަރަށް ލަދުގަނެފަ އެވެ.