އުރީދޫ

އުރީދޫ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފާއެއް

Sep 7, 2022

އުރީދޫ މޯލްޑިވްސްއިން ހަތަރުގުނަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސާ އެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފައެއް ތައާރަފްކޮށްފި އެވެ.

މި އޮފަ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210ޖީބީ އާއި ހަމައަށް ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ އެވެ.

އޫރީދޫން ބުނީ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭ ގޮތަށް ހުރި ޕްލޭންތައް، ހާއްސަ އޮފަ ތަކާ އެކު އިތުރަށް ފުރިހަމަވާނެ ކަމަށެވެ. އެގޮތުން ހާއްސަ އޮފާގެ ދަށުން ދުވާލަކަށް އެއް ޖީބީ ލިބޭ 150 ރުފިޔާގެ ވީކްލީ ޕްލޭން ނަގާ ކަސްޓަމަރުންނަށް އިތުރު ދެ ޖީބީ ބޯނަސް ޑޭޓާ އާއި ސޯޝަލް މީޑިއާ ބޭނުންކުރުމަށް އިތުރު އެއް ޖީބީ އާއި ސްޓްރީމިން އަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ.

އުރީދޫގެ ހިދުމަތްތައް ބޭނުން ކޮށްގެން އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ ވޯލްޑްކަޕް ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އަދި އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕޭންގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

އުރީދޫގެ އާ އޮފާތައް އެ ކުންފުނީގެ އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް ފޮނުވައިގެންވެސް ހޯދޭނެ އެވެ.