ފިނިޕޭޖް

އެޑަމް ލެވީންއަށް ތިންވަނަ ދަރިއަކު ލިބެނީ

މެރޫން 5ގެ ލީޑް ސިންގަ އަދި ވޮއިސްގެ ޖަޖް އެޑަމް ލެވީން އާއި އަނބިމީހާ ބެހާޓީ ޕްރިންސްލޫއަށް ތިންވަނަ ދަރިއަކު ލިބެނީކަމަށް ދަ ޕީޕަލްއިން ހާމަކޮށްފި އެވެ.

މި ދެމަފިރިންގެ މިހާރު ތިބި ދެ ކުދިންނަކީ ފަސް އަހަރުގެ ޑަސްޓީ ރޯޒް އާއި ހަތަރު އަހަރުގެ ޖިއޯ ގްރޭސްއެވެ.

ބެހާޓީ ވަނީ މީގެ ކުރިން ބޮޑު އާއިލާއަކާއި ފަސް ވަރަކަށް ދަރިން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެޑަމް އާއި ވިކްޓޯރިއާ ސީކްރެޓް މޮޑެލް ބެހާޓީ ޕްރިންސްލޫ ލޯބީގެ ގޮތުން 2013 ގައި ގުޅި، ކައިވެނި ކޮށްފައިވަނީ 2014 ގައެވެ.

މި ދެމަފިރިންނަކީ ވަރަށް އެއްކޮށް، ލޯބިން ބޭރުތެރޭގައި ވަގުތު ހޭދަކުރާ ދެމީހުންނެވެ.

އެޑަމް ލެވިންއަކީ "ގާލްސް ލައިކް ޔޫ"، "ޝުގަ"، "މޫވްސް ލައިކް ޖެގަ"، "ޝި ވިލް ބި ލަވްޑް" ފަދަ މަޝްހޫރު ލަވަ ކިޔާ، ގިނަ އެވޯޑްތަކެއް ހޯދައިފައިވާ ލަވަކިއުންތެރިއެކެވެ.