އައްޑޫ ސިޓީ

އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެންނަނީ

Sep 7, 2022

އައްޑޫ ސިޓީގައި މިއަދު ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމައިފި އެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރުފަހު 2:00 ހާއިރު އަނިޔާވި މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގާފައި ދަނިކޮށް ދުއްވާފައި އައި ލޮރީ އަކުން ޖެހިގެންނެވެ.

އަނިޔާވި މީހާއަށް މިވަގުތު ފަރުވާ ދެނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން އަނިޔާވި މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ފުއްޕާމެއަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އިތުރު ފަރުވާއަށް އޭނާ މާލޭ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުން އެކްސިޑެންޓްގެ މައުލޫމާތު މިއަދު މެންދުރު ރިޕޯޓްކޮށްފައިވާތީ އެކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.